ޖަޒީރާ ގެ ނަމުގައި އެމްޑީޕީން ދަނީ ދިވެހިންނަށް މަލާމަތްކުރަމުންކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ށ.ބިލެއްފަހީގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ހިންގި މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ ، ރިޔާސީ އިންތިޚާބު ގާތްވުމުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލައިގެން އެކި ވާހަކަ ދައްކަވާކަމަށާއި، ނަމަވެސް އެ ވާހަކަތަކުގައި ޖެހިވަޑައިނުގަތުމަށެވެ.
ޠާރިޤު ވިދާޅުވީ، ރައީސް ޔާމީންއަކީ ވަކި ރަށަކަށް ވަކި އަތޮޅަކަށް ނުބަލާ މުޅި ރާއްޖެ ތަރައްޤީ ކުރައްވަމުން ގެންދަވާ ވެރިއެއްކަމަށާއި، ދިވެހިން އެދެނީ ރައީސް ޔާމީނަށްކަމަށެވެ.
“ވަކި އަތޮޅެއް ރަށެއް ނުބަލާ ހުރިހާ އެންމެނަށް ތަރައްޤީ ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމިނު . ރައްޔިތުން ރައީސް ޔާމީން ހޮވަން ޖެހެނީ މި ސަބަބަށްޓަކައި. ރިޔާސީ އިންތިޚާބެއް ކުރިމަތީގައި އޮތް އިރު ރައްޔިތުން ވޯޓު ދޭންވީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވާ ތަރައްޤީ ގެނެސްދެވޭނެ ވެރިއަކަށް . އެ ވެރިއަކީ ރައީސް ޔާމީން” މިނިސްތަރ ވިދާޅުވިއެވެ.
އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ އްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، މި އަދާއި ހަމައަށް ރާއްޖޭގެ 33 ރަށެއްގެ 31.5ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކޮށްފައިވާކަމަށެވެ..