English Edition
Dhivehi Edition

ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ އެންމެ މަގުބޫލު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަ ޖައްސައިފިއެވެ އަދި މީގެ އިތުރުން މުޅިން އާ ޕެކޭޖެއްވެސް ވަނީ ތަޢާރަފް ކޮށްފައިއެވެ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް ވަނީ އިތުރުކޮށްފައިއެވެ. މި އައި ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް ވާނީ އިތުރުކޮށްފައިއެވެ

ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސް އެމް އެސް އަކުން އަންގައި ދިނުމުގެ އިންތިޒާމު ވަނީ ކަސްޓަމަރުންނަށް ނުހަނު ލުއި ފަސޭހަ ވާނެ ފަދަ ގޮތަކަށް ހަމަޖައްސާފައިއެވެ. އެގޮތުން އެސް އެމް އެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއިއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ

މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަރ ކޮށް ބެލެހެއްޓޭނެއެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށްވެސް އިންޓަރނެޓް ޔޫސޭޖް ބެލޭނެއެވެ

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖު ތަކަށް އައި ހެޔޮ ބަދަލާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް ގެ އެޑް އޮން ނުވަތަ ބޫސްޓަރ ތަކަށްވެސް ވަނީ ކުރި އެރުން ތަކެއް ގެނެސްފައި އެވެ. އެގޮތުން ހުރިހާ ބޫސްޓަރ އެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައިއެވެ. އަދި ހަމަ އެއާއެކު، މިހާރުގެ 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓަރ މިހާރު ލިބިގެން ދާނީ އެންމެ 790 ރުފިޔާ އަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގެގައި އެންމެ ގިނަ ޑޭޓާ އެލަވަނަސް ފޯރުކޮށްދޭ ނެޓްވޯކަކީ ދިރާގެވެ

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބަރ5 އެމްބީޕިއެސްގެ ޕެކޭޖެކެވެ
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ

ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި

ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަރގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

އަށް ދިރާގު ފައިބަރ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ 66% އެހެންކަމުން މިހާރު ރާއްޖޭގެ އާބާދީގެ

އަދި ހަމަ އެއާއެކު، ދިރާގު އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފައިއެވެ.