English Edition
Dhivehi Edition

އަމިއްލައަށް މަރުވާންކަމަށް ބުނެ އަނބިމީހާ އަށް ބިރުދައްކަން ގަޔަށް ކެރޯސިން ތެޔޮއަޅައި އަލިފާން ކެނޑުމުން ގައިގަރޯވެ މީހަކު އަނދައިފިއެވެ.

އުމުރުން 39 އަހަރުގެ އިންޑިއާ ގެ ބެންގަލޫރުގެ ރައްޔިތެއްކަމަށްވާ ނަގަރާޖް އަކީ މެކޭނިކެކެވެ. ލަލީތާ ކިޔާ އަންހެކަކާ ކައިވެނިކޮށްގެން ނުވަމަހުގެ ދަރިޔަކު ލިބިފައިވާ ނަގަރާޖް ގެ އަންހެނުންނާއި މައްސަލަތަކެއް ޖެހި އޭނާ ދިރި އުޅެމުން ދަނީ މަންމަގެ ގޭގައި ކަމަށް ހަބަރުތައް ބުނެއެވެ. ނަގަރާޖެ ގެ އަނބިމީހާ ގެއިން ނިކުމެފައިވަނީ އޭނާ އަބަދު ފޯނާއި ކުޅޭތީ ނަގަރާޖް އެކަމާ ޒުވާބުކޮށް މޫނުމަތީގައި ޖެހުމުން ރުޅިއައިސްގެން ކަމަށް އިންޑިއާގެ ހަބަރުތައްބުނެއެވެ.

މީގެ އިތުރުން ހަބަރުތަކުގައި ބުނެފައިވަނީ ނަގަރާޖް ލަލީތާ ބަލައި މަންމަގެއަށް ދިޔައީ ގުޅާގުޅާ ފޯނަށް ޖަވާބް ނުދިނުމުން ކަމަށާއި ވަރިވާން ކޯޓަށްދާނެ ކަމަށް ބުނުމުން ކަމަށެވެ. ރުޅިގަދަވެފައި ނަގަރާޖެ އެގެއަށް ގޮސް ލަލިތާކައިރީ ގެއަށް ދާން ތަކުރާރުކޮށް ބުނުމުންވެސް ލަލިތާއެއްބަސް ނުވިއެވެ. ނަގަރާޖް އެވަގުތު ތިމަންނަ ގައިަގ ރޯކޮށްލަިގެން މަރުވާނެކަމަށް ބުނުމުންވެސް ލަލިތާގެ ޖަވާބަކަށް ބުނީ “ތިއަށްވުރެ ތިމަންނަ އުފާވާނެ ކަމެއްނެތް” ކަމަށެވެ. އެވަގުތު އައިރުޅީގައި މަރުވާން އުޅޭ ކަމަށް ދެއްކުމަށްޓަކައި ގަޔަށް ކެރޯސިން އެޅުމަށް ފަހު އަލިފާންދަނޑި ކަނޑާލުމުން ކުއްލިއަކަށް ނަގަރާޖެ ގެގައިގައި ރޯވިއެވެ.

ހަށިހގަނޑުގެ 90% ފިހި ސީރިޔަސް ހާލަތެއްގައި އޮތް ނަގަރާޖަށް މިހާރުދަނީ ބެންގަލޫރުގެ ވިކްޓޯރިއާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.