English Edition
Dhivehi Edition

ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް އަތޮޅުތެރެއަށް ފުރުމަށް ކަމަށްބުނެ، ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދަކަށް މީހުން އެއްކޮށް، ޤާނޫނާއި ޚިލާފު ޢަމަލުތަކެއް ހިންގުމަށް ބަޔަކު ރާވަމުންދާ ކަމަށާއި އެފަދަ އަމަލެއް ހިންގައިފިނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދަކަށް އެއްވެ ސިޔާސީ ޕާޓީއަކުން ހިންގަން އުޅޭ ޤާނޫނާއި ޚިލާފު ކަންތައްތަކާއި ގުޅޭ މަޢޫލޫމާތު މީޑިއާތަކަށް ޙިއްސާކުރަމުން ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ
ގްރީން ޒޯނަށް އެއްވެ ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ .

ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް އަތޮޅުތެރެއަށް ފުރުމަށް ކަމަށް ބުނެ މާލޭގެ ގްރީން ޒޯނަކަށް މީހުން އެއްކޮށް ޤާނޫނާއި ޚިލާފު ޢަމަލުތަކެއް ހިންގުމަށް ބަޔަކު ރާވަމުންދާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އިދިކޮޅު އެމްޑީޕީން ދަނީ އެޕާޓީގެ 13 ވަނަ ކޮންގްރެސް އއ. އުކުޅަހުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.