އުމުރުން ހަތްއަހަރުގެ ކުއްޖަކުރޭޕްކޮށްފައި ކަރުގައި ވަޅި އެޅުމަށްފަހު ދަނޑެއްގެތެރެއަށް އެއްލާލާފައި އޮތްވާ ފެނިއްޖެއެވެ.
އިންޑިއާގެ މަދްޔަޕްރަދޭޝްގެ އަވަށެއް ކަމަށްވާ މެންޑްސައު ޑިސްޓްރިކްޓް ގައި މިދިޔަ ބުދަދުވަހު މިހާދިސާ ހިނގުމަށްފަހު އެއަވަށުމީހުން ވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކުއްޖާ ރޭޕްކުރިކަމަށް ޝައްކު ކުރެވޭ ރޭލްސްޓޭޝަނެއްގައި މަސައްކަތްކުރަމުންދާ އިރުފާން ނަމަކަށް ކިޔާ މީހަކު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރިޕޯރޓްތައް ބުނާގޮތުގައި އިރުފާން އެކުއްޖާ ސްކޫލުން ގެއަށް ދިޔަމަގުމަތީގައި ދަނޑަށް ގެންގޮސްފައިވަނީ އެކުއްޖާގެ އާއިލާމީހަކު ބަލިވެ އުޅޭކަމަށްބުނެއެވެ. ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މިހާދިސާ ހިނގައިގެން އުޅޭކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު އެކުއްޖާ ބަލާ ސްކޫލްދޮށަށް ކާފަ ދިޔުމުން ސްކޫލުން ވާހަކަދެއްކި މީހަކު އެކުއްޖާ ފަނަރަމިނިޓް ކުރިން ގެއަށްދިއުމަށް ނުކުތްކަމަށް ބުނުމުންނެވެ. ހަމަ އެވަގުތުން ފެށިގެން އެ ކުޑަކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯރޓް ކުރިނަމަވެސް ވަރަށް އިހާނެތިކޮށް ރޭޕްކޮށް ކަރުގައި ވަޅިއެޅުމަށް ފަހު އެއްލާލާފައި އޮތްވާ އެކުއްޖާ ފެނުނީ އޭގެ އަނެއް ދުވަހު އެވެ.
ފުލުހުން ދީފައިވާ ބަޔާނުގައި ބުނެފައި ވާގޮތުގައި އެކުއްޖާ ހޯދުމަށް އެސަރައްދުގެ ސީސީޓީވީ ފޫޓޭޖް ބަލާ ހޯދަމުންދަނިކޮށް ދަނޑެއްގެ ތެރެއަށް އެއްލާލާފައި އޮތް އެކުއްޖާ ހޭނެތިފައި އޮތް އިރު ކައިރީގައި ރޭޕްކުރި މީހާ ބުއި ރާފުޅި އަކާއި އޭނާލައިގެން ހުރި ކަމަށްބެލެވޭ ހެދުމެއްވެސްއޮތެވެ. ފުލުހުން ބުނެފައިވަނީ އިރުފާން ނަމަކަށް ކިޔާމީހާ ހޯދުނީ ސީސީޓީވީ ފޫޓޭޖުންނާއި އެ ހެދުމުން ފޮރެންސިކް އިން ސާޕްޕަލްނަގައިގެންކަމަށެވެ.
ކުޑަކުއްޖާގެ އާއިލާއާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެކުއްޖާ ފެނުނު އިރު މަރުވެފައި ނުވިނަމަވެސް އެކުއްޖާއަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކުރުމުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކަށް ވަރަށް ބޮޑަށްގެއްލުން ލިބިފައި ވާކަމަށާއި ކަރުން ތިންއިންޗިވަރުގެ ތަނެއްކަފައިގެން ގޮސްފައި ހުރުމުގެ ސަބަބުން ވާހަކަވެސް ނުދެއްކޭކަމަށެވެ.
މަރާހަނގުރާމަކުރަމުން ދާ އުމުރުންހަތް އަހަރުގެ ތުއްތު ކުއްޖާ ގެ މަންމަ އަށް މިހާދިސާ އަށްފަހު ޝޮކެއްލިބިފައި ވާއިރު އެކުއްޖާގެ ހާލުސީރިއަސްކަމަށް ޑޮކްޓަރުން މައުލޫމާތު ދެއެވެ.