English Edition
Dhivehi Edition

ދިވިލިމަތައިގެ ނަމުގައި އައްޑޫސިޓީގައި ކުރިއަށް ގެންދާ އެންމެބޮޑު ޓްރެފިކް އޮޕަރޭޝަން “ދިވިލިމަތަ4” މިއަދު ހަވީރު 4:00 އިން 6:30 އަށް ކުރިއަށްދާނެއެވެ. އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މިއީ އައްޑޫގައި ބާއްވާ އެންމެ ބޮޑު ޓްރެފިކް އޮޕަރޭޝަން ކަމަށެވެ. މި އޮޕަރޭޝަނުގައި އައްޑޫސިޓީގައި މަސައްކަތްކުރައްވާ ހުރިހާ ފުލުހުން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ. “މި އޮޕަރޭޝަނުގައި ބައިވެރިވާނެ އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި މަސައްކަތް ކުރައްވާ ހުރިހާ ފުލުހުން. މީގައި ބައިވެރިނުވާ އެއްވެސް ފުލުހަކު ނުހުންނާނެ،” އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަނަކީ އައްޑޫގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އައްޑޫގެ މަގުތައް އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ދޭތެރެ ދޭތެރެއިން ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.