ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކަން އިއުލާން ކޮށްފިއެވެ.
ދިރާގުން ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ތިން އަހަރަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ސްޕންސަރކަށް ދިރާގު ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ މިއަދު އެފްއޭއެމް ގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެރަސްމިއްޔާތުގައި ދިރާގު އަދި އެފްއޭއެމްގެ އިސްބޭފުޅުންބައިވެރިވެވަޑައިގެންނެވިއެވެ. ދިރާގުގެފަރާތުން ބައިވެރިވެވަޑައިގަތީ ޑިރެކްޓަރ އޮފް ބިޒްނަސް މެނޭޖްމެންޓް އަހްމަދު މައުމޫނާއި ސީނިޔާމެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މިހައްމަދު މިރުޝާން ހަސަންއެވެ.
އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް ބައްދާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒެވެ.
ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖެއްސުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ދިރާގަކީ އަބަދުވެސް ފުޓުބޯޅައާއި ވަރަށް ގާތުން މަސައްކަތް ކޮށްދެއްވާ ފަރާތެއް ކަމަށާއި، ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް ދިރާގު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމު ވާދަ ކުރާނެއެވެ. އެއީ މާލޭ ލީގުގެ ގަދަ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.
މިދިޔަ ދެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. އެ ކުންފުންޏާއެކު އެފްއޭއެމްއިން ހަދާފައިވާ ސްޕޮންސާޝިޕްގެ މުއްދަތުމިހާރު ވަނީ ހަމަވެފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.