އެހެން އަންހެނަކު ދެކެ ލޯބިވާ ވާހަކަ ބުނެގެން އަނބިމީހާ އެކަމާ ދެކޮޅުހަދާތީ ފަހު ފިރިމީހާ އޭނާގެ އަނބިމީހާ މަރާލުމަށް ފަހު ހަށިގަނޑު ފޮތިފޮތި ކޮށްލައިފިއެވެ.
މިހާދިސާހިނގާފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ. ރިޕޯޓްތައް ބުނާގޮތުގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އެއަންހެންމީހާގެ ހަށިގަނޑު ފޮއްޓެއްގެ ތެރެއަށްލާފައި އޮތްވައި ފެނިފައިވަނީ މިމަހު 21 ވަނަ ދުވަހުއެވެ. ފެނުނު އިރު އެ އަންހެން މީހާގެ ހަށިގަނޑުވަނީ ހަތްބަޔަކަށް ފޮތިކޮށްފައެވެ.
2014 ވަނައަހަރު ސާޖީދްއަންސާރީ އާއި ޖޫހީ ކައިވެނި ކޮށްފައިވަނީ އެއްކޮލެޖެއްގައި ކިޔަވުމުން ދިޔަ ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޖޫހީގެ އާއިލާގެ ނުރުހުމުގައެވެ. ކައިވެންޏަށް ފަސް އަހަރުވީއިރު މިދެމީހުންގެ ދެދަރިންވެސް އެބަތިއްބެވެ. ދެމަފިރިންވެސް ދިރިއުޅެނީ ކުއްޔަށް ގެއެއްހިފައިގެންނެވެ.
ފުލުހުންބުނެފައިވަނީ ސާޖިދު ތަހުގީގަށް ކިޔައިދިންފައި ވާގޮތުގައި އޭނާވަނީ މީގެދުވަސްކޮޅެއްކުރީން ބޮޑުވަޅިއެއްގަނެފައިކަމަށެވެ. އަދި އެވަޅިގަނެފައިވަނީ އަނބިމީހާ ޒުވާބުކޮށްފިނަމަ މަރާލަން ކަމަށާއި ދަރީންތައް ނިދާފައި ތިއްބާ ޒުވާބުކުރަންފެށުމުން ކަރުގައި ހިފާ ހާސްކޮށްލައިގެން ޖޫހީ މަރާލީކަމަށެވެ. އެއަށްފަހު ދަމާފައި ފާހާނާތެރެއަށް ގެންގޮސް ފޮތިފޮތި ކޮށްލީ ފޮށްޓަކަށްލައި ހަށިގަނޑު ފޮރރުވުމަށްކަމަށެވެ. ޖޫހީ މަރާލުމަށްފަހު ފޮތިފޮތި ކޮށް ފޮށްޓަށް ލައި ހެދުމަށް އެހީތެރިވުމަށް ސާޖިދުގެ ދެބޭބެއިން ގެ އެހީއަށް އެދިފައިވާކަމަށް ވެސް ސާޖިދު ތަހުގީގުގައި ބުނެފައިވެއެވެ.
ފުލުހުންބުނެފައިވަނީ ސާޖިދުގެ އަނބިމީހާ ކޮށައި ހަށިގަނޑު ނައްތާލަން ފޮށްޓަށް ލުމަށްފަހު އޭނަގެ ބޭބެގެ ގެއަށް ބަދަލުވިކަމަށާއިސާޖިދު ގެ އާއިލާ ދިރިއުޅެމުން އައިގޭގެ ތަޅުދަނޑި ޖެހިގެން ހުރިގޭގެ ވެރިމީހާ އާއި ހަވާލުކޮށްފައި ގޭގެ ވެރިމީހާ ތަޅުދަނޑި ބަލާއިއިމުން ހަވާލުކުރުމަށް ބުނެ ފިލަން މަސައްކަތް ކޮށްފައި ވާކަމަށެވެ.
މިހާދިސާއާއި ގުޅިގެން ސާޖިދުގެ އިތުރުން ސާޖިދުގެ ދެބޭބެ ހައްޔަރު ކޮށްފައި ވާއިރު ސާޖިދާއި ޖޫހީ އަށް ލިބިފައިވާ ދެ ކުދިންވަނީ މިހާރު ޖޫހީގެ މަންމަ އާއި ހަވާލުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.