English Edition
Dhivehi Edition

އައްޑޫސިޓީގެ އެކިސަރަހައްދުތަކުގައި މަސްބޭނުމާއި އަދި ކުނިއެޅުން މަނާކުރާ ބޯޑު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ވާގޮތުން މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދިފައިވެއެވެ.

ބިޑް ވިއްކުން އޮންނާނީ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ޖުލައި 09 ވާ އަންގާރަ ދުވަހުގެ 12:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

އައްޑޫސިޓީ ކައުންސިލުން އިސްނަގައިގެން އައްޑޫގެ ހުރިހާ ސަރަހައްދުތަކެއް ސާފުކޮށް ބޭއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ