English Edition
Dhivehi Edition

ސ.މަރަދޫ އަމިއްލަ ޖަމިއްޔާ އެއްކަމުގައި ވާ ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް 2018″ގެ ފައިނަލުން އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްސަޙް ޝަފީއު(އަފްސަހާ) އާއި ވިޝާން ހަބީބް(މާނިޔާ) ޖާގަ ހޯދާއިފިއެވެ.

ޑީސީ ސްޕޯޓްސް ޕީއެސް4 މުބާރާތުގެ ފައިނަލުން މިދެ ކުޅުންތެރިން ޖާގަ ހޯދާފައިވަނީ ރޭ ޑިސީ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ސެމީފައިނަލްގެ ފޯރިގަދަ މެޗުތަށް ކާމިޔާބުކޮށްގެންނެވެ.

ރޭ ކުރިއަށް ދިޔަ މިމުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަފްސަޙް ޝަފީއު އާއި މިމުބާރާތުގައި މިހާތަނަށް ބާއިވެރި ވި އެންމެ ހަނގު ބާއިވެރިޔާ އާއި ބައްދަލުކޮށް 3-0 ލަނޑުން މޮޅުވެ އަފްސަޙް ވަނީ މިމުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖާގަ ހޯދާފައެވެ.

ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ވިޝާން ހަބީބް އާއި މިމުބާރާތުގެ ފެވަރިޓްގެ ގޮތުގައި ބެލެވުނު އަލީ ޖަލީލް(ޖަލްލާ) ބައްދަލު ކުރި މެޗު ވިޝާން ހަބީބް ވަނީ ފަސޭހަ ކަމާއި އެކު 4-0 ލަނޑުން ކާމިޔާބުކޮށްފައެވެ.

ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނައަޕްއަށް 1000 ރުފިއާ ދިނުމަށް ހަމަޖެހިފައިވެއެވެ

މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ ހިތަދޫ އީހަބްއެވެ. އަދި ކޯ ސްޕޮންސަރަކަށް ސީސެލްސް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ.

.މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:45 ގައެވެ.