.ދިރުންހުރި ހިތެއް ، އިންޑިއާގެ އަވަށެއް ކަމަށްވާ އައުރަންގްބާދް އިން މުމްބާއީ އަށްގެންގޮސްފި އެވެ.
އެއްގަޑި އިރާ ތިރީސްހަތަރު މިނެޓް އެއީ ގާތްގަނޑަކަށް 323.5 ކިލޯމީޓަރގެ ރާސްތާއެކެވެ. މިހާ ދިގު ދަތުރަކަށްފަހު ކާމިޔާބު ކަމާއި އެކީގެންގޮސް ، އުމުރުން ހަތަރު އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި އެހިތްވަނީ ލައްވާފައެވެ.
ސުބާބަން މުލުންޑް ގެ ފޯރޓިސް ހޮސްޕިޓަލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަލްނާ ކިޔާ އުމުރުން ހަތަރު އަހަރުގެ އެއަންހެން ކުއްޖާގެ އޮޕްރޭޝަން ކާމިޔާބު ކަމަށާއި އެކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. ނަމަވެސް އަދިވެސް އެކުއްޖާ އޮތީ އޮބްޒަރވޭޝަންގައި ކަމަށެވެ.
ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައިވަނީ އެކްސިޑެންޓެއްގައި މަރުވެފައިވާ އުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ ހިތް ނެގުމަށްފަހު އެމްޖީ ހޮސްޕިޓަލުން އެއާޕޯޓަށް ގެނެވިފައި ވަނީ 1:50 ވީއިރު ކަމަށެވެ. ދެން ޗާޓަރ ޕްލައިޓެއްގައި މުމްބާއީ އެއާޕޯޓަށް ގެނެވުނީ 3:05 ވީއިރު ކަމަށާއި އެއަރޕޯޓުން ފޯރޓިސް ހޮސްޕިޓަލަށް ހިތް ގެނެވުނީ 3:24ވީ އިރުކަމަށެވެ.