English Edition
Dhivehi Edition

ކައުންސިލްތަކާއި، ސަރުކާރުން ރާވާ ހިންގާ އިޤްތިޞާދީ އަދި އިޖްތިމާޢީ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދައުލަތުގެ ބިން މިލްކު ކުރެވޭގޮތަށް ޤަވާއިދެއް އެކުލަވާލައިފިއެވެ. ހައުސިންގ މިނިސްޓްރީން އެކުލަވާލި މި ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލަށް ބިން މިލްކުކޮށްދޭންވާނީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓްކުރުމަށްފަހު ލޭންޑް ޔޫސް ޕްލޭނާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ޤަވާއިދުގެ ދަށުން ދައުލަތުގެ ބިމެއް ކައުންސިލަކަށް މިލްކުކޮށްދީފިނަމަ، ނުވަތަ ހިންގުމަށް ހަވާލުކޮށްފިނަމަ، ދައުލަތާ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އެބިން ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އެބިން އަނބުރާ ސަރުކާރަށް ނެގޭނެ އިޖްރާއަތްތައްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި، ކައުންސިލުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމާއި، ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް ކައުންސިލުން ބިން ބޭނުންކުރުމާއި، ދައުލަތުގެ އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުމަކަށް ކައުންސިލަށް މިލްކު ކޮށްދީފައިވާ ބިން އަނބުރާ ނެގުމަށް ކަމާބެހޭ ވުޒާރާއިން ނިންމުން ހިމެނެއެވެ. މިއިން އެއްވެސް ހާލަތެއްގައި ކައުންސިލަށް މިލްކުކޮށްދިން ބިން މިނިސްޓްރީން ނަގާނަމަ، ބިމަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ބަލައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަދުލުވެރި ބަދަލެއް ދޭން ޖެހޭނެކަމަށްވެސް މި ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި، ކައުންސިލުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމާއި، ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް ކައުންސިލުން ބިން ބޭނުންކުރުމާއި، ދައުލަތުގެ އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުމަކަށް ކައުންސިލަށް މިލްކު ކޮށްދީފައިވާ ބިން އަނބުރާ ނެގުމަށް ކަމާބެހޭ ވުޒާރާއިން ނިންމުން ހިމެނެއެވެ. މިއިން އެއްވެސް ހާލަތެއްގައި ކައުންސިލައް މިލްކުކޮށްދިން ބިން މިނިސްޓްރީން ނަގާނަމަ، ބިމަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ބަލައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަދުލުވެރި ބަދަލެއް ދޭން ޖެހޭނެކަމަށްވެސް މި ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ކަންކަމަށް ކައުންސިލްތަކަށް މިނިސްޓްރީއިން ބިން މިލްކުކޮށްދިނުމުގެ މި އުސޫލުތައް ކަނޑައަޅައި އެއަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.