English Edition
Dhivehi Edition

ރާއްޖޭގެ މޫސުން ވަރަށްބޮޑަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައިފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށްވެސްވަނީ އިލްތިމާސް ކުރައްވައިފައެވެ. އޭގެ އިތުރަށް ޑައިވިންގ ކުރުމާއި މޫދުގެ އެހެނިހެން ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހު ނޫނީ އެ ފަދަ ކުޅިވަރުތައް ނުބޭއްވުމަށްވެސްވަނީ އިލްތިމާސް ކުރައްވައިފައެވެ. “ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވަމެވެ.” ކަނޑުދަތުރުފަތުރު ކުރާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް ސިފައިންވަނީ އެދިފައެވެ.

ޓެގު