އައްޑޫ ސިޓީ ހިތަދޫގެ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު އީސީސީ ސަރަހައްދުން އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ރައްޔިތުންގެ އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށާއި އެ ގޯތިތައް އަންނަ ހަފުތާ އިން ފެށިގެން ހަވާލު ކުރަން ފަށާނެ ކަމަށެވެ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގައި ސާކް ސަމިޓް ބާއްވަން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށް އޭރު އެ ބިންތައް ނަގައި، އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ވެސް ސަރުކާރުން ކަނޑައެޅާފައެވެ
ސަރުކާރުން އޭރު ނަގާފައިވާ ގޯތިތައް އަލުން ހަވާލުކުރާނެ ކަމަށް މި ސަރުކާރުން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހު، ޕީޕީއެމުން އައްޑޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ