English Edition
Dhivehi Edition

އުމުރުން 23 އަހަރުގެ އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާކޮށް އަންދާލުމަށްފަހު މަރާލައިފި އެވެ.

މިހާދިސާހިނގާފައި ވަނީ އިންޑިއާގެ ޓެމިލްނާޑޫގެ އަވަށެއް ކަމަށްވާ ކަމަޑޮޑް ވިލެޖްގެ ރަންބެނުރ ޓަލެކް ހަވޭރީގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރަންބެނުރ ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ، މިހާދިސާގެ ހަބަރު ލިބުނީ ހުކުރުދުވަހު ކަމަށެވެ.

ހަބަރުތައް ބުނާގތުގައި ރޭހާ ނަމަކަށްކިޔާ އުމުރުން 23 އަހަރުގެ އަންމީހާގެ ގޭގައި އޭނާ އަށް އަނިޔާކުރުމަށް ފަހު ގަޔަށް ކެރޯސިން އެޅުމަށްފަހު އަންދާލާފައި ވަނީ އޭނާގެ ފަހަރިން ތަކެއް ކަމަށްވާ ޝަންޓަވާ އަދި ޗޯދަވާ ކަމަށެވެ.

ހަރައްޕަނައްހަލީ ގެ ހަލްޑާ ވިލެޖް އަށް އުފަން ރޭހާ ނަގަރާޖް ކަޗައްރަބީ އާއި ކައިވެނިކުރީ މީގެ ތިންއަހަރު ކުރީންނެވެ. 4.5 އޭކަރ ގެ ގޯއްޗެއް ލިބިފައިވާ ރޭހާގެ ފިރިމީހާ ނަގަރ ވަނީ މީގެ އެއްމަސް ކުރިން މަރުވެފައެވެ. ފުލުހުން ބުނެފައި ވާގޮޮތުގައި ޝަންޓަވާ އަދި ޗޯދަވާ ބޭނުންވީ ބޭބެ މަރުވުމަށްފަހު އެގޯތި ހޯދުމަށެވެ. އެހެން ކަމުން ވަރަށްބޮޑަށް ރާވައިގެން އޭނާމަރާލީ އެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ރޭވުމާއި އެއްގޮތަށް ޝަންޓަވާ އަދި ޗޯދަވާ ކަމަންދޮޑް ގައި ހުންނަ ރޭހާގެ ގެއަށް ދިޔައީ ރޭހާގެ ބައްޕަ ވެސް ގޭގައި ނޫޅޭ ދުވަސްކޮޅެއްގައެވެ. އެދިޔަ ގޮތަށްގޮސް ރޭހާ ގައިގަ ތަޅާ ވަރަށްބޮޑަށް އަނިޔާކޮށްލުމަށްފަހު ކެރޯސިން އެޅުމަށްފަހު ރޭހާ އަންދާލީއެވެ.

ޓައިމްސް އޮފްއ އިންޑިއާގައި ބުނެފައިވާގޮޮތުން ޝަންޓަވާ އަދި ޗޯދާ ގެ މައްޗަށް ތުހުމަތުކޮށް މިހާދިސާ ފުލުހުންނަށް ރިޕޯރޓް ކުރީ ރޭހާގެ މަންމައެވެ.

ބުރާސްފަތި ދުވަހު ޓެލިމްނާޑުގެ ކަމަޑޮޑް ވިލެޖްގައި މިހާދިސާހިނގާފައި ޓެމިލްނާޑޫގެ އެހެން އަވަށެއްކަމަށްވާ ދެވަލަމައްކި ވިލެޖްގައިވެސް ވަނީ ބުރާސްފަތިދުވަހުގެ ރޭ ސެކިއުރިޓީ ގާރޑް އެއްގެ އަތުން ފައިސާ ފޭރިގެން ހަމަލާދީ އޭނާ މަރާލާފައެވެ.