ބޭނުންވާތަކެތި:
500ގ ބާސްމަތީ ހަނޑޫ
500ގ ގެރިމަސް(ކުދިކޮށް ކޮށާފައި)
2 ސައިސަމްސާ މުގުރި ދިރި
1 ޖޯޑު ކަނަމަދު
ރާނބާފަތްކޮޅެއް ބައި އިންޗިއަށް ބުރިކޮށްފައި
ބޭލީފް ކޮޅެއް
4 ހިކަނދިފަތް
ބައިޖޯދު ހަނާކުރި ހަވާދު ފުނޑާފައި ނުވަތަ (ޗިކެން މަސާލާ، ބިރިޔާނީ މަސާލާ)
500ގ ފިޔާ ކޮށާފައި
1 މޭޒުމަތީ ސަމްސާ އިންގުރު ގާނާފައި
1 ޖޯޑު ހިކި މޭބިސްކަދުރު
1 ޖޯޑު ކެޝޫނަޓް
2 ޓޮމާޓޯޕޭސްޓް ދަޅު
6 ބިސް ފެނުކައްކާ ފަޅިކޮށްފައި
1 ގިތެޔޮމިރުސް ކޮށާފައި
2 ސައިސަމްސާ ފޮނިތޮށި ކާފޫރުތޮޅި (މުގުރާފައި(
ރީނދޫ ކުލަހިފާވަރަށް
ޖިންޖާ ގާލިކް ޕޭސްޓް
ލޮނު
2 ޓޮމާޓޯ ކުދިކޮށް ކޮށާފައި
1 ޖޯޑުބޯކިރު/ ޔޯގަޓް
ތައްޔާރު ކުރާނެގޮތް:
ފުރަތަމަ 4 ރާނބާފަތޮކޮޅު ނޫނީ ބޭލީފް ކޮޅާއި ކާފޫރު ތޮޅި އެއްކޮށްގެން ކުލަހިފާވަރަށް ރީނދޫ ލާފައި ބަތް ކައްކާފައި ބަހައްޓާށެވެ.
ދެން ތަވާޔަށް ތެޔޮ އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާފިޔާކޮޅުގެ ދެބައިކުޅެ އެއްބައި ރަތްވަންދެން ތެލުލާފައި ނާގާފައި ޓިޝޫގައި ފަތުރާލާފައި ބަހައްޓާށެވެ. މޭބިސްކަދުރާއި، ކަނަމަދު، ކެޝޫނަޓް ވެސް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލާފައި ބަހައްޓާށެވެ.
ވަކިންތެއްޔަކަށް ތެޔޮފޮދެއް އަޅާފައި އުދާލުމަށްފަހު ތެޔޮހޫނުވީމާ ޖިންޖާ ގާލިކް ޕޭސްޓް، ފިޔާ،ހިކަނދިފަތް، ގިތެޔޮމިރުސް، ރާންބާފަތް އަޅާލުމަށްފަހު ފިޔާރަތްވެލީމާ ހަވާދުގެ ހުރިހާ ބަވަތް ތަކާއި ޓޮމާޓޯޕޭސްޓް ވެސް އެއްކޮށްލާފައި 3 ޖޯޑުފެން އެޅުމަށްފަހު ކައްކާށެވެ. ކެކިގަތީމަ ކޮށާފައި ހުރި ގެރިމަސްކޮޅު އަޅާލުމަށްފަހު ބޯކިރު ނުވަތަ ޔޯގަޓް އަޅާފައި ލޮނު ހެހެޔޮވަރު ކޮށްފައި ބީފްކޮޅު މަޑުވަންދެން މަތި ޖަހައިގެން ކައްކާށެވެ.
ކަނަމަދު، ފިޔާ، ކެޝޫނަޓް، މޭބިސްކަދުރު މި ތިންބައި އެއްކޮށްލުމަށްފަހު ވަކިން ބަހައްޓާށެވެ. ދެން ބޮޑު ތައްޓެއްގައި ދެ އިންޗި ބޯމިނަށް ބަތް ފަތުރާލާފައި ރިހަކޮޅެއް ލޭޔަރ ކޮށް އަޅާފައި އެއްކޮށްފައި ހުރި ކަނަމަދު، ފިޔާ، މޭބިސްކަދުރު، ކެޝޫނަޓް އެތިންބައިން އެތިކޮޅެއް ބަތުގެ މައްޗަށް ވިއްސާފައި ފަޅިކޮށްފައި ހުރި ބިސްތަކުން 6 ބިސްކޮޅު މައްޗަށް އަޅާށެވެ، ބަތާއި ރިހަ ހުސްވަންދެން މިހެން ލޭޔަރ ހަދާލާށެވެ.
ނޯޓް: ބީފް މަޑުކުރަން ބޭނުން ނަމަ ފެން އަދި ކުޑަ ވިނެގަރ ކޮޅެއް އަޅާފައި މަތި ޖަހަގެން ކެއްކިދާނެއެވެ. ބީފް ބިރިޔާނީ ގާނިޝް ކޮށްލުމަށް ކޮރިއަންޑަރ ފަތްކޮޅެއް ބޭނުން ކޮށްލެވިދާނެއެވެ.