English Edition
Dhivehi Edition

ޕޯޓޯއަށް ކުޅެމުން ގެންދާ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރ ޑިއޯގޯ ޑަލޮޓް އިނގިރޭސި ވިލާތްގެ އެންމެ ކާމިޔާބު ކުލަބް މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެ އެވެ.

އުމުރުން 19 އަހަރުގެ ޑަލޮޓް މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކޮށްފައިވަނީ 19 މިލިއަން ޕައުންޑުއަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މަންޗެސްޓާ ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު މީޑިއާއި ވާހަކަ ދައްކަމުން ޑަލޮޓް ބުނީ މެންޗެސްޓަރ ޔުނައިޓެޑް ފަދަ ވަރުގަދަ ކުލަބް އަކާއި ގުޅުމަކީ ހުވަފެނެއް ހަގީ ގަތަށް ވުން ކަމަށާއި ބޭނުން ވަނީ ޔުނައިޓެޑްގައި ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަން ކަމަށެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގައި އެންމެ 11 މެޗު ޕޯޓޯއަށް ކުޅުނު ޑަލޮޓް ޔުނައިޓެޑް އަށް ގެނެސްފައި މިވަނީ މިޓްރާންސްފާގައި ބައެއް ކުޅުންތެރިން ޔުނައިޓެޑް ދޫކޮށްލާނެނެތީވެއެވެ.

ޑަލޮޓްގެ ސޮއި ހޯދުމަށް ފަހު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ މިއީ މުސްތަގުބަލަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އޭނާ ޔުނައިޓެޑްގައި ތަފާތު ދައްކާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޑަލޮޓްގެ އިތުރުން ޔުނައިޓެޑުން ވަނީ މި ޓްރާންސްފާގައި ބްރެޒިލްގެ މިޑްފިލްޑަރ ފްރެޑްގެ ސޮއި ވެސް ހޯދާފަ އެވެ.