ލ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއް ކަހަލަ ލޮޅުމެއް އިހްސާސް ކުރެވި ޖެ އެވެ.
ލ. ފޮނަދޫއާއި ކައްދޫއާއި ހިތަދޫއާއި މާންދޫގެ އިތުރުން ދަނބިދޫގައި ދިރިއުޅޭ ބައެއް މީހުންބުނެފައިވާގޮތުގައި ލޮޅުމެއްގެ އިހްސާސް މިއަދުގެ ހެނދުނު ކުރެވުނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ލ. އަތޮޅުން ލޮޅުން އިހުސާސްކުރެވުނީ މިއަދު ހެނދުނު 11:30 ހާއިރު ކުޑަ ވަގުތުކޮޅަކަށް ކަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއްގެ އިހްސާސް ކުރެވިގެން އެ އަތޮޅުގެ ބައެއް ރަށްތަކުން ރިޕޯޓްކޮށްފައިވާ ކަމަށެެވެ. އެހެންކަމުން މެޓް އޮފީހުގެ ސިސްޓަމްތަކުން ލ. އަތޮޅަށް ލޮޅުމެއްގެ އަސަރު ރެކޯޑް ކޮށްފައިވޭތޯ ބަލަމުންދާ ކަމަށްވެސް މެޓުން ވިދާޅުވި އެވެ. މީގެ އިތުރުން މެޓުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މިއީ ބިން ހެލުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ލ. އަތޮޅަށް ލޮޅުން އިހްސާސް ކުރެވުނު ވަގުތު ބައެއް އިމާރާތްތަކަށް ވަރަށް ބޮޑަށް ލޮޅުންއެރި ކަމަށް މައުލޫމާތު ލިބެއެވެ.