English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އެތް ކުލަބް ސްޕެއިންގެ ރިއަލްމެޑްރިޑްގެ ހުސްވެފައިވާ ކޯޗުގެ މަގާމާ ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީ އާއި ހަވާލުކޮށްފައިވާ ކަމަށް ކުލަބްގެ ބޯޑުން އިއުލާންކޮށްފިއެވެ. ސްޕެއިން ގައުމީ ޓީމްގެ ކޯޗު ލޮފެޓީ ރިއަލްމެޑްރިޑްގެ ކޯޗުގެ މަގާމާއި ރަސްމީކޮށް ހަވާލުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އެވެ.

ރިއާލްގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ 2016 ވަނަ އަހަރު ރަފާ ބެނިޓޭޒްގެ ބަދަލުގައި ރިއަލްމެޑްރިޑްގެ ކޯޗުގެ މަގާމާއި ހަވާލުވި ކުލަބްގެ ލެޖެންޑް ރައިނުދީން ޒިދާން މިދިޔަ މަހު ކުއްލި ގޮތަކަށް އިސްތިއުފާދިނުމާއި ގުޅިގެންނެވެ.

މިދިޔަ ތިން ސީޒަންގައި ރިއާލްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކޮށް ޒިދާން ވަނީ ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ މިމުބާރާތުގެ ތަށި އެންމެ ގިނައިން ކާމިޔާބު ކުރި ކޯޗުގެ ޝަރަފް ވެސް ހޯދާފައެވެ.

ރެއާލްމެޑްރިޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ ކޯޗުކަމާ ވޯލްޑް ކަޕްގެ ފަހުނން ތިން އަހަރު ދުވަހުގެ މުއްދަތަށް ލޮޕެޓީގު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

ލޮޕެޓެގީ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހު އެ ޓީމްގެ ކުރީގެ ކާމިޔާބު ކޯޗު ޑެލްބޮސްކޭ ވަކުރުމަށް ފަހު ތިން އަހަރު ދުވަހުގެ މުއްތަދަކަށެވެ.އަދި ހަމަ އެނާ ވަނީ ދާދި ފަހުން ސްޕެއިން ގައުމީ ޓީމްގެ ކޮންޓުރެކްޓް އާކޮށްފައެވެ.

މީގެ ކުރިން ޕޯޓޯގެ ކޯޗުކަންވެސް ކޮށްދީފައިވާ ލޮޕެޓީގް ވަނީ 1988 އިން 1991 އަށް ރެއާލްމެޑްރިޑްގެ ގޯލް ކީފަރަކަށް ކުޅެ އޭގެ ފަހުން ވާދަވެރިން ކަމަށްވާ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.

ލޮޕެޓެގީ ސްޕެއިންއާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ލޮޕެޓިކް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ދުނިޔޭގެ ގަދަ ބާރު އިޓަލީ ކޮލިފައިންގައި ފަހަތަށް ޖައްސާލުމަށް ފަހު ފަސޭހަ ކަމާއި އެކު ވޯލްޑް ކަޕްއަށް ކޮލިފައިވައެވެ.އަންނަ ބުރާސްފަތި ދުވަހު ފަށާ މިމުބާރާތުގައި ސްޕެއިން އޮތީ އެންމެ ފަހުގެ ޔޫރަޕް ޗެމްޕިއަން ޕޯޗުގަލް،އީރާން އަދި މޮރޮކޯ އާއި އެކު ގުރޫޕް ސީ ގައެވެ.