English Edition
Dhivehi Edition

“ރޯދައިގެ ބަދިގެ” މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ގެނެސްދޭ ރެސިޕީ އަށް މިއަދު ޙާއްސަކޮށްލަނީ އިންޑިއަން ސްޓައިލް ގްރިލްޑް ޕްރައުން ތައްޔާރު ކުރާނެ ގޮތް.

ބޭނުންވާތަކެތި:

8 ޕްރައުން

3 ސައިސަމްސާ ކުކިންގް އޮއިލް

3 ސައިސަމްސާ އޮއިލް

1 ސައިސަމްސާ ލުނބޯހުތް

1 ސައިސަމްސާ މުގުރި މިރުސް

1/2 ސައިސަމްސާ ކޮތަނބެރި ޕައުޑަރ

1/2 ސައިސަމްސާ ރީނދޫ

1/4 ސައިސަމްސާ އަސޭމިރުސް

1/4 މުގުރި ދިރި

އިނގުރު ލުނުމެދު ޕޭސްޓް

ތައްޔާރު ކުރާނެގޮތް:

ބޮޑު ބޯތައްޓަކަށް މުގުރި މިރުސް، ކޮތަނބެރި ،ރީނދޫ، އަސޭމިރުސް،ދިރި، އިނގުރު ލޮނުމެދު ޕޭސްޓް، ލުނބޯހުތް، ލޮނު އަދި ތެޔޮ ފޮދު އަޅާފައި ރަނގަޅަށް މި ހުރިހާބާވަތެއް އެއްކޮށްލާށެވެ. ޕްރައުންސް ދޮވެފައި ފެންހިއްކުމަށްފަހު އެއްކުރި ހަވާދުގެ ތެރެއަށް އަޅާފައި ޕްރައުސްގައި ރަނގަޅަށް ހަވާދު ހިފަންދެން އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓް ކުރަން 20-15 މިނިތޤވަންދެން ބަހައްޓާށެވެ. ދެން ތަވަޔަށް ބާކީ ތެޔޮފޮދު އަޅާފައި ހޫނުވާންފެށީމަ ޕްރައުންސް އަޅާފައި މަޑުގިނީގައި ގްރިލް ކޮށްލާށެވެ.

ނޯޓް: މިޑިޝް ގާނިޝް ކޮށްލުމަށް ފިޔާ އަދި ފްރެޝް ކޮރިއަންޑާ ބޭނުން ކުރެވިދާނެއެވެ.