މަޝްހޫރު ކާޓޫން ކެރެކްޓަރ ‘ވިނީ ދަ ޕޫ’ އޮންލައިންކޮށްވެސް އަދި އެހެން ގޮތަކަށް ވިއަސް ޗައިނާގައި ދެއްކުން މަނާކޮށްފިއެވެ. ޗައިނާގައި މި ކެރެކްޓަރ ދެއްކުން މަނާ ކޮށްފައި މިވަނީ ޗައިނާގެ ނޫހެއްގެ ފްރޮންޓް ޕޭޖުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގް އެމެރިކާގެ ކުރީގެ ރާއިސާއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯ އަކާ ޖެހިގެން ‘ޕޫ ބެއާ’ އަދި ހަމަ އެ ކާޓުނުގެ ‘ޓިގަރ’ ހިމެނޭ ފޮޓޯއެއް ޖެހުމުންނެވެ. މި ފޮޓޯ މިގޮތަށް އާންމު ވުމުން ޗައިނާގައި އިންޓަނެޓް ބޭނުންކުރާ މީހުން ޖިންޕިންގް އެހެން ފޮޓޯތަކާއެކު ޕޫ ބެއާގެ އެހެނިހެން ފޮޓޯތައް އޮންލައިންގައި ދައުރު ކުރުވަން ފެށުނެވެ. މިގޮތަށް ފޯޓޯތައް ދައުރުވާން ފެށީ ޖިންޕިންގް އާއި ޕޫ ބެއާއައި ވައްތަރުވުމުން ކަމަށް ގިނަ މީހުން ބުނެއެވެ. މިއީ ބަޔަކު ސަމާސާއަކަށް ކުރިކަމެކެވެ. ނަމަވެސް ޗައިނާ ސަރުކާރަށް މިކަން އެހާ ކަމުދާ ކަމަކަށް ނުވިއެވެ. އަދި މިކަމާ ހެދި ޕޫ ބެއާ އޮންލައިންގައި ބޭނުން ކުރުން އެއްކޮށް ވަނީ މަނާ ކޮށްފައެވެ. ޗައިނާ އަކީ ދުނިޔޭގައި ވެސް އިންޓަރނެޓް ބޭނުންކުރުމަށް އެންމެ ހަރުކަށި އުސޫލު އޮންނަ ގައުމެވެ. އެގައުމުގައި އިންޓަރނެޓުން ކޮންމެ ކޮންމެ ކަމެއް ނުކުރެވެއެވެ. ޗައިނާގެ މި ހަރުކަށި އިންޓަރނެޓް ފިލްޓާރ މަޝްހޫރު ވެފައި އޮންނަނީ ‘ދަ ގްރޭޓް ފަޔަރވޯލް އޮފް ޗައިނާ’ގެ ނަމުންނެވެ.