English Edition
Dhivehi Edition

ޖޯޑަންގެ ރައްޔިތުން ކުރަން ފެށި އިހްތިޖާޖަށް އިޖާބަ ދިނުމުގެ ގޮތުން އެ ގައުމުގެ ބޮޑު ވަޒީރު ހާނީ މުލްކީ އިސްތިއުފާ ދީފި އެވެ

ޕާލަމެންޓަށް ހުށަހަޅަން ނިންމާފައިވާ ބިލުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދާނެތީ އެކަމާއި ގުޅިގެން ވޭތުވެ ދިޔަ ފަސް ދުވަހު ޖޯޑަންގެ މަގުތަކުގައި ގިނަ އަދަދައްގެ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. އަދި މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ

ޖޫން، 2016 ގައި ބޮޑު ވަޒީރުގެ މަގާމައި ހަވާލުވި މުލްކީ އެ މަގާމުން އިސްތިއުފާ ދެއްވީ ރަސްގެފާން އަބްދުﷲ އިއްޔެ ހުސައިނިއްޔާ ގަނޑުވަރަށް މުލްކީ ހާޒިރުކޮށް އިސްތިއުފާ ދިނުމަށް ދަންނެެވުމުންނެވެ

ޓެގު