English Edition
Dhivehi Edition

ބޭނުންވާތަކެތި: (ދެތައްޓަށް)

1 ޖޯޑު ކޮފީ (ގިރާފައި) ފިނިކޮށް

4 ސްކޫޕްވެނީލާ އައިސްކްރީމް

1 ސައިސަމްސާ ޗޮކްލެޓް ސިރަޕް

ވިޕްޑްކްރީމް

ތައްޔާރުކުރާނެގޮތް:

ކޮފީ، އައިސްކްރީމް، ޗޮކްލެޓްސިރަޕް މިކްސަރަށް އަޅާފައި އޮލަވަންދެންގިރާލާށެވެ. ގިރާލުމަށްފަހު ބޭނުންވާވަރަށް ވުރެން މާބޮޑަށް އޮލަވެއްޖިއްޔާ ކުރިފޮދެއްއަޅާލާފައި ދިޔާކޮށްލެވިދާނެއެވެ. ނޫނީ މާބޮޑަށް ދިޔާވެއްޖިއްޔާ އައިސްކްރީމް ސްކޫޕް އެއް އަޅާލުމަށްފަހު ބޭނުންވާވަރަށް އޮލަކޮށްލެވިދާނެއެވެ. ތައްޔާރު ކުރެވުނު ކޮފީމިލްކްޝޭކް ދިގު ދެބިއްލޫރި ތައްޓަށް އަޅާލުމަށްފަހު މައްޗަށް ވިޕްޑްކްރީމް އަޅާލުމަށްފަހު ޗޮކްލެޓްސިރަޕް އަޅާފައިސާރވް ކޮށްލާށެވެ.