English Edition
Dhivehi Edition

ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީގައި މަސއްކަތްކުރާ މުވައްޒަފުން އަނބުރައި ގެންގޮސްފިއެވެ. އިޒުރޭލުން ބުނެފައިވަނީ މީހުން ގެންދިޔައީ އެތަނުގައި ހިންގާފައިވާ ބަޑީގެ ހަމަލައާ ގުޅިގެން ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އެމްބަސީގެ ސެކިޔުރިޓީއަށްހުރި މީހެކެވެ. ބަޑިންދިން ހަމަލާގައި ޖޯޑަންގެ ދެމީހަކުވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކީ އެމްބަސީގައި މަސައްކަތެއް ކުރަންދިޔަ މީހެކެވެ. އޭނާވަނީ އިސްކުރު އަނބުރާ ކަށިގަނޑަކުން ސެކިއުރިޓީ ގާޑުގެ ބޮލަށް ހަމަލާދީފައެވެ. މިކަމާ ގުޅިގެން އިޒުރޭލުން ބުނެފައިވަނީ އެގައުމުގެ ސެކުއުރިޓީ ގާޑުގެ މައްޗަށް ޖޯޑަންއިން ދައުވާ ނުއުފުލޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސުވާލެއްވެސް ނުކުރެވޭނެ ކަމަށެވެ. އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވިއެނާ ކޮންވެންޝަންގެ ދަށުން އެގައުމުގެ ރައްޔިތު މީހާއަށް ހިމާޔަތް ލިބިގެންވާ ކަމަށެވެ. އިޒްރޭލުގައި މި ޚަބަރު ފެތުރުންވަނީ މަނާ ކުރެވިފައެވެ. އަޤްސާ މިސްކިތަށް ވަންނަ ދިމާގައި މެޓަލް ޑިޓެކްޓަރސް ހަރުކުރި މައްސަލާގައި އިޒްރޭލާއި ޖޯޑަން އާއި ދެމެދު ގުޅުން ވަނީ ގޯސްވެފައެވެ. މިކަމާ ގުޅިގެން މިދިޔަ ހަފްތާ ތެރޭ ޖޯޑަންގައި ހުންނަ އިޒްރޭލް އެމްބަސީ ކައިރީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަޤްސާ މިސްކިތް ހުންނަ ސަރަހައްދު ރަސްމީ ގޮތުން ބެލެހެއްޓުން އޮންނަނީ ޖޯޑަންއާ ހަވާލު ކުރެވިފައެވެ. އަދި އިޒްރޭލާއި ޖޯޑަން އާއި ދެމެދު، އެ މިސްކިތުގައިވާ އިސްލާމީ ވަންތަކަމަށް އެއްވެސް ބަދަލެއް ނުގެނެއުމަށް ވަނީ އެއްބަސް ވެވިފައެވެ. ނަމަވެސް އިޒްރޭލުގެ ސިފައިން މި ސަރަހައްދަށް އަތްގަދަ ކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ތަފާތު ލާއިންސާނީ ޖަރީމާތައް ދަނީ ހިންގަމުންނެވެ.