English Edition
Dhivehi Edition

ކުންފުނީގެ ތަޞައްވުރު ގެއްލޭގޮތަށް ހަޤީޤަތާ ޚިލާފު ވާހަކަތައް ޝާއިޢުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިކުރުވުމަކީ ބަލައިގަންނާނެކަމެއް ނޫންކަމަށާ، އެހެންކަމުން ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައްދުވާގޮތަށް ޞައްޙަ ނޫން ލިޔުންތަކާއި ޚަބަރުތައް ފަތުރަމުންދާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށްއެ ކުންފުނިން އާންމު ކުރި ބަޔާނެއްގައި ވެއެވެ.

ސްޓެލްކޯއިން ޢާއްމުކޮށްފައިވާ މި ބަޔާނުގައި ބުނެފައިވަނީ އެކުންފުނިން އާއްމުންނަށް ފޯރުކޯށްދޭ ޚިދުމަތްތަކާގުޅޭ ގޮތުން ޞައްޙަ ނޫން މަޢުލޫމާތު ބައެއް ފަރާތްތަކުން ފަތުރަމުންދާކަން އެކުންފުންޏަށް ފާހަގަކުރެވިފައިވާކަމަށާ އަދި އެކަމުގެ ސަބަބުން ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރަށް ހީނަރުކަން އައުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށެވެ

އެކުންފުނިން ދެމުންދާ ޚިދުމަތްތަކާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ ކަމަކާގުޅޭގޮތުން ޞައްޙަ މަޢުލޫމާތު ހޯދުމަށް ސީދާ ކުންފުންޏާ ގުޅައިގެން ސާފުކުރުމަށާއި، އެފަދަ ކަމެއްގައި ކުންފުންޏަށް ހުށަހަޅައި ޙައްލެއް ހޯދުމަށް ނުވަތަ ޙައްލެ ނުލިބުނު ކަމުގައި ވީނަމަވެސް، އެކަމާގުޅޭ ތެދު މަޢުލޫމާތު ފެތުރުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

 

ޓެގު