English Edition
Dhivehi Edition
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކޮށްފައި

ހުޅުމާލެ 2 ގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ “އެކްސް” ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފަހުމީ ކުރެއްވި ޕޯސްޓެއްގައިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

 

ޓެގު