ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރަމުންދާ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ފެންމަތިވެ އެ މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވިފައިވާކަމަށާއި، އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފާއިވާ ކަމަށެވެ.
“މިކަމުގެ ސަބަބުން ރޭ ފަތިހު އަދި މިރޭވެސް ހުޅުމާލޭ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށް އޭނާ ވިދާޅުވި,”
ފަހުމީ ވިދާޅުވީ ސައުވީސް ގަޑިއިރު ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާ ކަމަށެވެ.
މިކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި. ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން… pic.twitter.com/07JddVwWhC
— Hussain Fahmy (@u09HussainFahmy) March 22, 2024