English Edition
Dhivehi Edition

ގްރޭޓާ މާލެ އިންޑަަސްޓްރިއަލް ޒޯން ލިމިޓެޑުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކުރިން ކޮށްފައިވާ އިއުލާން ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

މިގޮތުން މި ބީލަމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 03 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ހަމައަށް ކަމަށް ވެސް އިއުލާންގައި ވިދާޅުވެފައި ވެއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުރިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ބިން ރަޖިސްޓްރީ ކުރުމުގެ އަގަކީ 200.00ރ. (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ޖެހޭނެއެވެ.

ރަޖިސްޓްރޭޝަން ފީއަކީ ‘ނޮން ރިފަންޑަބްލް’ ފީއެކެވެ. ކޮންމެ ފަރާތަކަށްވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 3 (ތިނެއް) ޕްލޮޓަށެވެ. ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ.