English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވާފައި ވަނިކޮށް، އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުން ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފިއެވެ. މަދު މެމްބަރުންތަކެއް ފިޔަވައި އެހެން ހުރިހާ މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެން އިރު ބައެއް މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތީ އެތަނުގެ ފާރުމަތިން ފުންމާލައިގެންނެވެ. މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ވަގުތު، ފުލުހުން ވަނީ ބައެއް މެމްބަރުންގެ ގަޔަށް ޕެޕާސްޕްރޭ ޖަހާ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނަ ނުދިނުމަށް ހުރަސް އަޅާފައެވެ. ފުލުހުން ބާރުގެ ބޭނުން ކުރުމުން ބައެއް މެމްބަރުންނަށް އަނިޔާވެަފައިވާ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ މ. ކުނޫޒުގައި އިދިކޮޅު މެންބަރުން ބޭއްވި ކުއްލި ބައްދަލުވުމުގައި މިއަދު މެންދުރު މަޖިލިހުގެ އިދާރާ އަށް ވަޑައިގެން، މިއަދުގެ ޖަލްސާ ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.  

ޓެގު