ރާއްޖެއިން އެއްވެސް އިރެއްގައި ހަނގުރާމަވެރިންނަށް ޖާރިޔާއިން ވިއްކާފައި ނުވާކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ
މިދިޔަ އަހަރު ކްލިކް ކޮލެޖުން ދަސްވެނިވުނު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އާދަމް ޝރީފު ވިދާޅުވީ ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރުމަކީ މާކުރިންވެސް ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުމެއް ކަމަށާއި މިއަދު އެ ގޮންޖެހުންތައް ސިޔާސީ ފިކުރުތަކާ ގުޅުވާފައިވާކަމަށެވެ.
މީގެ އިތުރުން އާދަމަ ޝަރީފު ވިދާޅުވީ ދީނީ ހައްދުހަނަޅުމާމެދު ރާއްޖޭގައި ކަންކަން އޮތްގޮތް ރައްޔިތުންނާއި ބޭރު ދުނިޔޭގައި އޮޅުވާލައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ރައްޔިތުންނާއި ޤައުމުގެ އިޤުތިޞާދާއި އަދި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކަމަށެވެ
ރާއްޖޭގެ އަންހެނުން ޖާރިޔާއިންގެ ގޮތުގައި ވިއްކާފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ޝަރީފު ވިދާޅުވީ އެއްވެސް އިރެއްގައި ރާއްޖޭން ޖާރިއާއިން ވިއްކާފައި ނުވާކަމަށެވެ.އަދި ރާއްޖޭގައި ލާދީނީ ފިކުރާއި ދީނީ ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުރުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދާ ކަމުގައި ޝަރީފު ވަނީ ވިދާޅުވެފައެވެ