English Edition
Dhivehi Edition

ބޭނުންވާތަކެތި: (އެންމެ ތަށްޓަކަށް)

3 ސްކޫޕް ވެނީލާ އައިސްކްރީމް

1 ޖޯޑު ކިރު

3 އޯރިއޯ ބިސްކޯދު (ބޭނުންނަމަ ބިސްކޯދު އިތުރު ކޮށްލެވިދާނެ)

ވިޕިންގކްރީމް

ތައްޔާރު ކުރާނެގޮތް:

3 ސްކޫޕް ވެނީލާ އައިސްކްރީމް އަދި ކިރު ޖޯޑު މިކްސަރަށް އަޅާލުމަށްފަހު ފޮނު އަރަންދެން ގިރާލާށެވެ. ދެން އޯރިއޯ ބިސްކޯދު އެޅުމަށް ފަހު އަނެއްކާވެސް ގިރާލުމަށް ފަހު ދިގު ބިއްލޫރި ތައްޓަކަށް އަޅާލާށެވެ.

މި ޑްރިންކް ގާނިޝް ކުރަން ވިޕިންގ ކްރީމް އެޅުމަށްފަހު އޯރިއޯ ބިސްކޯދު ފުނޑުކޮށްފައި މައްޗަށް އަޅާލީމަ މީރުވާނެއެވެ.