ޓްރެފިކް ޤަވާއިދާ ޚިލާފްވެފެގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުންނަށް އިންސްޓޯލް މަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ
“އެއްލަކިން މަށަށް ލައިސަންސް” ޕްރޮގްރާމްގެ ދަށުން ޖޫރިމަނާފައިސާ އެއްއަހަރުދުވަހުގެ ތެރޭގައި މުޅިއަހަރަށް ބަހާލައިގެން ދައްކާގޮތަށް އެއްބަސްވާ ޒުވާނުންނަށް ހޯމަދުވަހުގެރޭ އޮންނަ “އެއްލަކިން މަށަށް ލައިސަންސް” ޕްރޮގްރާމުގައި ލައިންސަންސް ހޯދުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ
”އެއްލަކިން މަށަށް ލައިސަންސް” ޕްރޮގްރާމް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމް ކުރިޔަށްދާނީ ރޭގަނޑު ނުވައަކުން ބާރައަށް ކަމަށް އެކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތަކުން ހުށައަޅާ ފޯމްތައް ބަލައިގަތުން ރޭގަނޑު ނުވައަކުން އެގާރަގަޑި ބަޔަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޯމްތަކުގައި ޖަހަން ބޭނުންވާ ފޮޓޮއާއި، ސްޓޭމްޕާއި އައިޑީކާޑްގެ ފޮޓޯ ކޮޕީ އާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް ހުރަވީ ބިލްޑިންގްގައި ހަމަޖައްސަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ