English Edition
Dhivehi Edition

ފުލުހުން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މިހަކު ހޯދަންފަށައިފިއެވެ.

ފުލުހުންގެ އޮފިޝަލް ވެބްސައިޓް ގައި ވިދާޅުވެފައި ވަނީ އެމީހާ ހޯދަމުންދަނީ މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މި މައްސަލާގައި ހޯދަމުންދަނީ ސ. ހިތަދޫ، ހުދުވެލި، އަލީ ޙަސަން(32އ) އެވެ.

ފުލުހުން ވިދާޅުވީ އަލީ ޙަސަން އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.