English Edition
Dhivehi Edition

ބޭނުންވާތަކެތި:

 

3 އަލުވި މެދުމިނުގެ(މަޑުކޮށްފައި)

1 ދަޅު މަސް

4 ބިސް

½ ޖޯޑު ޗީޒް (ގާނާފައި)

1 ގިތެޔޮ މިރުސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

½ ސައިސަމްސާ އަސޭމިރުސް

ކުޑަ މާޖިރިން ކޮޅެއް

ކުޑަ ތެޔޮފޮދެއް

ތައްޔާރު ކުރާނެގޮތް:

ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ،މިރުސް އަޅާފައި ކުޑަކޮށް މޯޅިކޮއްލާށެވެ. އެއަށްފަހު އަލުވި ކޮޅު ރަނގަޅަށް ޗަސް ކޮށްފައި، މާހާއި އެއްކޮށް އަޅާފައި އެއްކޮއްލާށެވެ. ދެން ލޮނު އަދި އަސޭމިރުސްކޮޅު އަޅާފައި ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އުދުންމަތިން ބާލާށެވެ. ވަކިން ތައްޓެއްގައި ބިސް އަދި ޗީޒްކޮޅު ގިރާލުމަށް ފަހު ކުރިން ތައްޔާރުކުރި ބައިގެ ތެރެއަށް އަޅާއެއްކޮށްލާށެވެ. އެއަށްފަހު ކުޑަ މާޖިރީން ކޮޅެއް ތަވައިގައި ހާކާލުމަށްފަހު އަލުވި މިކްސްޗަރ އެޅުމަށް ފަހު މަޑުގިނީގައި ބަހައްޓައިގެން ފިހެލާށެވެ.