English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަންގެ ފަރާތުން މިއަހަރުވެސް 50 މީހުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި އެވެ. ސޮދަގާތު ފައުންޑޭޝަންގެ އެހީގައި ހައްޖަށް ދާ ފަރާތްތަކާ މެޑަމް ފާތުން ވަނީ އިއްޔެ މުލިޔާގޭގައި ބައްދަލުކުރައްވާފައެވެ. މުލިއާގޭގައި ބޭއްވި އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރާއި ހައްޖު ކޯޕަރޭޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަދަގާތު ފައުންޑޭޝަނުން ހައްޖަށް މީހުން ފޮނުވަނީ ހައްޖު ކޯޕަރޭޝަން މެދުވެރިވެގެނެވެ. ސަދަގާތު ފައުންޑޭޝަނުން މިދިޔަ އަހަރު ވެސް ވަނީ 50 މީހުންނަށް ހައްޖު ދަތުރު ދީފަ އެވެ.މިއަހަރު މުޅި ޖުމްލަ 1000 ހައްޖު ކޯޓާ ރާއްޖެއަށް ލިބިފައިވާ އިރު އޭގެތެރެއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 700 ކޯޓާއެވެ. ސޮދަގާތު ފައުންޑޭޝަންގެ އެހީގައި ހައްޖަށް ދާ ފަރާތްތަކަށް ދިނީ އޭގެ ތެރެއިން 50 ކޯޓާ އެވެ.