ކުރިއަށް އޮތް ރޯދަމަހު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުނި އުކާލާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން ވެމްކޯއިން ރޯދަމަހު ކުނި އުކާލައިދޭނީ، ރޭގަނޑު އަށަކުން 12 އަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިއްޔެ އެކުންފުނިން އާއްމު ކުރި މިއަހަރުގެ ރޯދަމަހު ވެމްކޯގެ މަސައްކަތު ގަޑިތައް ރޭވިފައިވާ ގޮތުގެ ތާވަލްގައިވާ ގޮތުން ރޯދަމަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ވެސް ގޭބިސީތަކުން ކުނިއުކާލަދޭނީ ރޭގަނޑު 08:00ން މެންދަމު 12:00 އަށެވެ.
އަދި މާލޭގައި ނަމަ ވިޔަފާރިތަކުން ކުނިނަގާނީ ހެނދުނު 10:00ން މެންދުރު 15:30 އަށާއި ރޭގަނޑު 22:00 ން މެންދަމު 03:00 އަށް ކަމަށެވެ.
ވިޔަފާރިތަކުން، މާލެއިން ދުވާލު ކުނި ނަގައިދިން ނަމަވެސް ހުޅުމާލެއާއި ވިލިމާލެއިން ކުނި ނަގައިދޭނީ ރޭގަނޑު 08:00 ން 12:00 އަށް ކަމަށް ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީން ވެސް ކުނިއުކާލަދޭ ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން އައްޑޫގައި ވިޔަފާރިތަކާ ގޭބިސީތަކަށް ކުނިއުކާލަދޭން ހަމަޖައްސައިފައިވަނީ ހެނދުނު 10:00ން މެންދުރު 15:30 އަށާއި ރޭގަނޑު 20:00 ން މެންދަމު 12:00އަށެވެ.
ރޯދަމަހު ފުވައްމުލަކުގައި ގޭބިސީތަކާއި ވިޔަފާރިތަކުން ކުނިއުކާލަދޭން ހަމަޖައްސައިފައިވަނީ ހެނދުނު 10:00ން މެންދުރު 15:30 އަށެވެ.