English Edition
Dhivehi Edition

ކޯޓަށް ވަޑައިނުގެންނެވުމުން އަދަބު ދިނުމުގެ ގޮތުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުތައް ހުއްޓުވާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ ރައީސް މައުމޫންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން އިއްޔެ ހަވީރު ތިނެއް ޖަހާއިރަށް ތާވަލް ކޮށްފައިވާ އަޑުއެހުން އެމަނިކުފާނުގެ ހާލުކޮޅު ގޯސް ވުމުގެ ސަބަބުން ޝަރީޢަތް ފަސްކޮށްދިނުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.

މި ދިޔަ ހޮނިހިރު ދުވަހުގެ މެންދުރު އެމަނިކުފާނުގެ ޙާލުކޮޅު ތިންވަނަ ފަހަރަށް ގޯސްވެފައިވާތީ ޙާލަތަށް ރިޢާޔަތް ކުރައްވާ އިއްޔެގެ އަޑުއެހުން ފަސްކޮށްދެއްވުމަށް އެދިފައިވާ ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ މައުމޫން ޙަމީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.