މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި ޗިސްވެއްޖެ އެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިނގި މިހާދިސާގައި އެ މީހާގެ ފައިވަނީ ފޯކްލިފްޓްގެ ފަހަތުގެ ފުރޮޅު ދަށުވެ ވަރަށް ބޮޑަށް ޒަހަމްވެފައެވެ . އަނިޔާ ލިބުނު ބަންގްލަދޭޝް މީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު ފޯކްލިފްޓުން އަރައި އޭނާގެ ކަނާއަތު ފައިގެ ކުޑަ ހުޅާއި ހަމައަށް ޗިސްވެފއިވާކަމަށް މައުލޫމާތު ލިބެއެވެ
މިކަމާއި ގުޅިގެން އެމްޕީއެލް އިން ބުނެފައިވަނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު ތަފުސީލެއް ދެވޭނީ އެ ތަހުގީގަށް ފަހު ކަމަށެވެ