English Edition
Dhivehi Edition

މޭކަޕް ކުރުމަކީ މީހާގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް، އެއިން ތިބާއަށް ލިބޭ ގެއްލުމާމެދު ވިސްނާލީމު ހެއްޔެވެ؟ މޭކަޕަކީ ޒާތްޒާތުގެ ކެމިކަލްތައް ހިމަނައިގެން އުފައްދައިފައިވާ އެއްޗެކެވެ. މޭކަޕްގައި އެކުލެވޭ ކެމިކަލެއް ކަމުގައިވާ “ޕެރެބެން” އަކީ ބެކްޓީރިއާ އުފެދުން ހުއްޓުވައިދޭ މާއްދާއެކެވެ. އެހެންނަމަވެސް ހިތާމައަކީ އެ ކެމިކަލަކީ ކެންސްރަށް މަގުފަހި ކޮށްދޭ އެއްޗަކަށްވާކަމެވެ. އޭގެ އިތުރަށް ދުވަހުގެ މޭކަޕް އެއާ ނުލައި ފުރިހަމަނުވާ މަސްކަރާގައި ކިޑްނީއާއި ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ ކެމިކަލެއް ކަމުގައިވާ “ސޯޑިއަމް ލޯރޭޓް ސަލްފޭޓް” ނުވަތަ އެސް.އެލް.އީ.އެސް 90 އިންސައްތައަށް އެކުލެވެއެވެ. އަދި ދިގު މުއްދަތަކަށް މޭކަޕް ބޭނުން ކުރުމުން ހަމުގެ ގުދުރަތީ ރީތިކަން ގެއްލިގެން ދިއުމަކީވެސް މާދުރުގައިވާ ކަމެއްނޫނެވެ. ވީމާ މޭކަޕަކީ މިފަދަ އެތައް ގެއްލުމެއް އަޅުގަނޑުމެނަނަށް ލިބޭ އެއްޗަކަށް ވާއިރު މޭކަޕް ބޭނުންކުރެވޭ މިންވަރު މަދު ކޮށްލުމަކީ ހަމަގައިމުވެސް ތިބާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވޭ ކަމަކަށް ވެފައި ތިބާގެ ޖީބަށްވެސް ލުއިކޮށްދޭނެ ގޮތެއްކަން ކަށަވަރެވެ. ……….. ލިޔުނީ: އަޒުހާ