English Edition
Dhivehi Edition

ސްޕްއެއިންގެ ޗެމްޕިއަން ރިއަލްމެޑިރަޑައަށް ކުޅެމުންދިޔަ އަލްވާރޯ މޮރާޓާ އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއަށް ބަދަލުވެއްޖެއެވެ. މޮރާޓާ ޗެލްސީއާއި ގުޅިފައިވަނީ ޗެލްސީގެ ރިކޯޑް އަގެއް ކަމުގައިވާ 80 މިލިއަން ޕައުންޑައަށް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.މީގެ ކުރިން ޗެލްސީގެ އެންމެ އަގު ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމައަށް ކުޅެފައިވަނީ މިހާރު އެތްލެޓިކޯ މެޑްރިޑްއަށް ކުޅެމުންދާ ސްޕެއިންގެ ފެނާންޑޯ ތޮރޭސްއެވެ. 24 އަހަރުގެ މޮރާޓާއަކީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީއިން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ގެނައި ހަތަރުވަނަ ކުޅުންތެރިއާއެވެ. އެއީ މޮނާކޯއަށް ކުޅެމުން އައި މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ އާއި ރޯމާ އަށް ކުޅެމުން އައި ޑިފެންޑަރު އންޓޯނިއޯ ރުދިގާ އާއި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ގޯލުކީޕަރު ވިލީ ކަބަލޭރޯއެވެ މިރޭގެ ވަގުތެއްގައި މޮރާޓާ އިނގިރޭސިވިލާތުގެ މެޑިކަލް ފުރިހަމަ ކުރުމަށް ޗެލްސީއަށް ދިއުމަށް ހަމަޖެހިފައިވާއިރު ދެން އެންމެ އަވަހައަށް ޗައިނާގައި ވެރިރަށް ލަންޑަނަ މީޑިޔާ އާސީޒަނައަށް ތަޔާރުވުމުގެ ގޮތުން ޗެލްސީ ކުޅޭމެޗުގައި މޮރާޓާ ކުޅޭނެކަމަށް ރިޕޯޓުތަށް ބުނެއެވެ. މޮރާޓާވަނީ ލޯން އެއްބަސް ވުމުގެ ދަށުން 2014ވަނަ އަހަރު އިޓަލީގެ ޗެމްޕިއން ޖުވެންޓަސްއަށް ކުޅުމަށްފަހު އެ ކްލަބަށް 27 ގޯލް ކާމިޔާބުކޮށް އިޓަލިއަން ލީގެ އަދި ކޮޕާ އިޓާލިއާ ދެ ފަހަރު ހޯދައި ދީފައެވެ. އަދި 2015 ވަނަ އަހަރު ޖުވެންޓަސް ޗެމްޕއަންސް ލީގުގެ ފައިނަލަށް ގެންދިޔުމުގައި މުހިންމު ރޯލެއް ވަނީ އަދާކޮށްފައެވެ.ފައިނަލައަށް ގެންދިއުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ހަމައެހެންމެ މޮރާޓާވަނީ މިދިޔަ ސީޒަނުގައި ރިއާލް މެޑްރިޑްގައި ކުޅެ 20 ގޯލް ރިއަލްމެޑްރިޑަށް ކާމިޔާބުކޮށްދީ އެ ޓީމާއި އެކު ޗެމްޕިއަން ލީގު އަދި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. މޮރާޓާ ޗެލްސީއަށް ބަދަލުވުމަށް ނިންމިއިރު އޭނާ ގެނައުމަށް މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑުންނާއި އިޓަލީގެ އޭސީ މިލާނުން ވަނީ މަސައްކަތްކޮށްފައެވެ. ޔުނައިޓެޑަށް މޮރާޓާ ގެނެވޭ ގޮތް ނުވީ ދެ ކްލަބުން އޭނާގެ ޓްރާންސާފާ ފީ އާއި އެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. މޮރާޓާ ނުލިބުމުން ޔުނައިޓެޑުންވަނީ ރޮމެލޫ ލުކާކޫ 70 މިލިއަން ޕައުންޑަށް އެވަޓަންއިން އެ ކްލަބަށް ގެންގޮސްފައެވެ