English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަނަސްގެ ސިކުނޑިއަށް ލޭ އެޅުމާ ގުޅިގެން އިމެޖެންސީގައި އޮޕަރޭޝަނެއް ކޮށްފިއެވެ.

ފާގަސަން އާއި ބެހޭގޮތުން ކުރި ޓްވީޓެއްގައި މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ސާޖަރީއަށް ފަހު ފާގަސަންގެ ހާލު ރަނގަޅު ކަމަށާއި އޭނާ އަނބުރާ ފުރިހަމަ ސިއްހަތަށް އައުމަށް އިތުރު ފަރުވާ ދޭން ޖެހޭ ކަމަށެވެ. އެހެން ކަމުން ސަޕޯޓަރުން ފާގަސަންއާއި އޭނާގެ އާއިލާގެ ޕްރައިވެސީ އަށް އިހުތިރާމު ކުރުމަށް މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނުގައި އެދިފައިވެއެވެ.

ފާގަސަންގެ ހާލު ގޯސްވެ އިމެޖެންސީގައި ފަރުވާދޭން ފަށާފައިވާކަން ޔުނައިޓެޑުން ކަށަވަރުކޮށްދިނުމާއި އެކު ޕްރިމިއާ ލީގު ކްލަބުތަކުގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާއިން ވަނީ ސާ އެލެކްސް ފާގަސަން އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށްފައެވެ.
26 އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދީ 38 ތަށި އެޓީމަށް ކާމިޔާބުކޮށްދީފައިވާ ސާ އެލެކްސް ފާގަސަނަކީ މެންޗެސްޓަ ޔުނައިޓެޑް އަދި މުޅި ފުޓްބޯޅަ އާއިލާގެ ލޯބި ހޯދާފައިވާ ކޯޗެކެވެ.

ފާގަސަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ކަމުން ރިޓަޔާ ކުރީ 2013 ވަނަ އަހަރުއެވެ.