English Edition
Dhivehi Edition

އުރީދޫން އައްޑޫއެއި ފުވައްމުލަކި މީހުންނައް ޚާއްސަ ފުރުސަތު ތަކަކާއި އެކީ މިޅިން އައު ކެމްޕޭނައް ފައްޓަގަތާ . އެޕްރިލް 26 ން ފެށިގެން 60 ދުވަހައް ކުރިއައް ގިނޭ މި ޕްރޮގްރާމަކީ ވަކި ސަރަޙައްދަކައް ޚާއްސަ ރޭޓު ތަކައް ކަނޑަައަޅަގަން ރާއްދޭއި ހިނގުވާ ފެރަތުމަ ޕްރޮގްރާމް.

މި ފަހަރަ ތަފާތު ޕްރޮގްރާމަކާއި އެއްކޮއް ތައާރަފުކެޑަ ފުރުސަތުތައް ކުރިން ތިބި ކަސްޓަމަރުންނަށާއި އަލައް އުރީދޫން ޚިދުމައް ހޯދާ ކަސްޓަމަރުންނަށަސް ލިބޭ ލެކައް ރާވަފެއި ވެނީ

.

ރެއި އީކުއޭޓަރ ވިލެޖަލާއި ނޫސްވެރިންނައް މައުލޫމާތު ދެމުން އުރީދޫ އެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސަން ނިޔާޒް ބެޱީ އުރީދޫއެއި އަލައް ގުޅޭ ކަސްޓަމަރުންނައް ވަކިން ޚާއްސަ ޑިސްކައުންޓަކާއި ލަކީޑްރޯއައް ތެބޯތާއު. އޭ 1 އަހަރަ ވޭތިކޮއް މަހި ފީން %20 ޑިސްކައުންޓު ލިބުމާއި ޖީ އެން ސައިކަލައް ލިބުމުގެ ފުރުސަތާއު.

އެގޮތުން ޕޯސްޓު ޕެއިޑައް އަލައް ނެގިޔަސް ނުންފެހޭ ޕްރީޕއެިޑަކުން ޕޯސްޓު ޕެއިޑަކައް ބަދަލުކެޑަސް އަދި ޕޯސްޓު ޕެއިޑް ޕެކޭޖް އަޕްގްރޭޑު ކޮއްލިޔަސް މިލަކީ ޑްރޯއެ ބައިވެރި ވުމުގެ ފުރަސު އޮންނަށިއައު

އަދި ޕްރީ ޕެއިޑް ކަސްޓަމަރުންނަށަސް އުރީދޫގެ ޚިދުމައް ވަރައް އަގަހެއު ކޮއްލިޔަ!

ނިޔާޒު މައުލޫމާތު ދިންލެކުންފެހޭ ޕްރީޕެއިޑު ކަސްޓަމަރުންނަށަސް މިކޯ އުރީދޫ ނެޓްވޯކު ބޭޱުންކެރާ އެންމެންނައް އެއްކިމި 10 ލާރިއައް ގުޅޭހެއް. އެހެން ނެޓްވޯކްތައް ބޭޱުންކެރާ މީހުންނައް ގުޅަގަނަސް ޗާޖުކެރާޱެއި މިނިޓަކައް އެއްކިމި 99 ލާރި އަދި ކޮބާ ޑޭޓާ ޕެކޭޖް އެކްޓީވޭޓު ކެޑެމެއި އިތިރި %30 ޑޭޓާ ލިބޭށިއައު.