English Edition
Dhivehi Edition

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހަދަމުންދާ ބަނދަރުތަކާއި މަގުތަކުގެ މަސައްކަތް އަހަރު ނިމެންވާއިރަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ބަނދަރު ހެދުމުގެ 39 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ. އަދި މަގުހެދުމުގެ 13 މަޝްރޫއެއް ކުރިއަދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މަޝްރޫއުތަކާ ބެހޭ ތަފްސީލެއް އެމަނިކުފާނު ދެއްވައިފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެންދަވަނީ ރާއްޖެ ތަރައްގީ ކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވަމުން ކަމަށެވެ. އެގޮތުން އައްޑޫސިޓީގައި ސަރުކާރުންއަޅާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫސީޓީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއާކޮންސްޓްރަކްޝަންއާއެވެ. އެތަނުން މިހާރު ގެންދަނީ އެތެރޭގެ ތަނބުތައް ޖަހައި ޝީޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.