English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާއިން ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ނައިޓް ވިޝަން ޑިވައިސް ބޭނުންކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މޫދަށް އެރިއުޅެނިކޮށް ތިން ކުދިން ގެއްލުނު އިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ފެނިފަ އެވެ. ގެއްލިގެން ހޯދާ ދެ ކުދިންނަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. އެއީ ހިތަދޫ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުންނެވެ

ގެއްލުނު ކުދިންގެ ތެރެއިން ފެނުނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ.

އެމްއެންޑީއެފްގެ އިން ނައިޓް ވިޝަން ޑިވައިސްތައް ބޭނުންކޮށްގެން އެމްއެންޑީއެފްގެ ލޯންޗުތައް އެ ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުދިން ހޯދުމަށް މަސައްކަތް ކުރާ ސަރަހައްދު އަލިކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫދަށް އެރިގެން އުޅުނު ކުދިންތަކެއް ގެނބިގެން އުޅޭ ކަމުގެ ޚަބަރު ލިބުމާއެކު އެމްއެންޑީއެފުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ގެއްލުނު 2 ކުދިން ހޯދުމަށް އެމްއެންޑީއެފުގެ ކުރަނގި ހެލިކޮޕްޓަރ ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާއިރު އެސަރަހައްދުން މޫދުގެ އަޑިވެސް ވަނީ ހޯދާބަލާފައެވެ/