English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި މިރޭވެސް ތިންކާރެއްގައި ރޯކޮށްލައިފިއެވެ. ވަރަށްފަހުންވެސް ވަނީ ހިތަދޫ މަގެއްގެއްގައި ބާއްވާފައި އޮތް ދެކާރެއްގައި މިމަހު ރޯކޮށްފައެވެ. މިދިޔަމަހުވެސް ކާރެއްގައިވަނީ ރޯކޮށްފައެވެ. މިހާދިސާތަކާ ގުޅިގެން ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރު އޮފްޕޮލިސް އަލީ ޝަރީފު ވިދާޅުވީ މިއީ ސިލްސީލާކޮށް ހިނގާކަމެއްގެ ގޮތުގައި މިހާރުވަނީ ފާހަގަކުރެވިފައި ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުން ފުލުހުން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. މިރޭގެ ރޯކޮފައިވަނީ ހިތަދޫ ރޯޒްމީންގެ ކައިރީގައޮތް ދެ ކާރަކާއި، ޝިއުބު ގޭގައިއޮތް ކާރެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކާރުއޮތީ އެގޭ ދޮރާށިން އެތެރޭގައެވެ. އެކާރަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. “އެހާ ބޮޑަކަށްނޫން ގޭތެރޭގައިއޮތް ކާރުގައި ރޯވެފައިވަނީ. ރޯކުރަން ވަރަށް މަސައްކަތް ކޮށްފައި އެމީހުންނަށް އެހާބޮޑަށް އެކަން ނުކުރެވިފައި ކަމަށް ވެދާނެ އެއޮތީ،” އަލީ ޝަރީފް ވިދާޅިވިއެވެ. އޭނާ ވިދާޅުވީ އަނެއް ދެކާރަށް ވަރަށްބޮޑަށްވަނީ ގެއްލުން ވެފައެވެ. މި މައްސަލާގައި މިހާތަނަށްވަނީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮފައި ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އިތުރު ބަޔަކު އެކަމުގައި ބައިވެރިވޭތޯ ބަލައި ބައިވެރި ވެފައިވާނަމަ އެމީހުން ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މިއީ މިމަސްތެރޭގައި މިފަދަ ހާދިސާއެއް ހިތަދޫގައި ހިންގި ދެވަނަ ފަހަރެވެ. މިދިޔަމަހުވެސް ވަނީ ހިތަދޫގެ ގެއެއްގެ ގޯތިތރޭގައިއޮތް ކާރެއްގައި ރޯކޮށްލަފައިފައެވެ. އަލީ ޝަރީފް ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރަމުންދާކަމެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅުންހުރި އިތުރު ބަޔަކުތިބިދާނެ ކަމަށް ބަލައި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. މިރޭގެ ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް މިރޭ 12:30 އެހައިކަންހާއިރުއެވެ. މި ހާދިސާއަށްފަހު ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައލޫމތު ލިބިފައިވެއެވެ.