English Edition
Dhivehi Edition

އިންޑިއާގެ ކަޝްމީރުގައި ގޭންގަކުން ރޭޕްކޮށް މަރާލި އަށް އަހަރުގެ ކުއްޖާގެ ނަން ހާމަކުރި 12 މީޑިއާއެއް އެއް މިލިއަން ރުޕީސް 15000 ޑޮލަރު) އިން ޖޫރިމަނާ ކޮށްފި އެވެ

މި މައްސަލައިގައި ކޮންމެ މީޑިއާއަކުން އެއް މިލިއަން ރުޕީސް ހަފުތާއެއްގެ ތެރޭގައި ރޭޕުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލު ދޭ ސްކީމަށް ދެއްކުމަށް ނިއުދިއްލީ ހައި ކޯޓުން ވަނީ ހުކުންކޮށްފައެވެ

މީޑިއާތަކުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު ކުއްޖާ މަރުވުމުން ނަން ހާމަކުރެވިދާނެ ކަމަށް މީޑިއާތަކުން ގަބޫލްކޮށްފައިވާކަމަށެވެ.އަދި ރޭޕުގެ އަނިޔާ ލިބޭ މީހުންގެ ނަން ހާމަކުރުމާ މެދު ގާނޫނުގައި ބުނެފައިވާ އެއްޗެއް ކުރިން ސާފުވެފައި ނުވާ ކަމަށް ވަކީލުން ވަނީ ބުނެފައެވެ

ރޭޕުގެ ޝިކާރައަކަށްވާ މީހުންނާއި ރޭޕްގެ ޝިކާރައަށްވެ މަރުވާ މީހުންގެ ނަން ހާމަކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކޮށްފައިވާއިރު، ޖޫރިމަނާކުރި މީޑިއާތަކުން ފައިސާ ދެއްކުމަށް އަންގާފައި ވަނީ ޖިންސީ އަނިޔާ ލިބޭ މީހުންނަށް ބަދަލު ދިނުމަށް އުފައްދާފައިވާ ފަންޑަކަށެވ