English Edition
Dhivehi Edition

ސީރިއާގައި ކުރަމުންދާ ހަނގުރާމައަށް ދިޔަ ކަމަށް ބުނާ ދިވެއްސަކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

“ވީއެފްޕީ” ނިއުސް ގައި ބުނެފައިވާ ގޮތުން މާލެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ ފިރިހެން މީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އެނޫހުގައި ބުނެފައި ވާގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ސީރިޔާގައި އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު އެވެ.

އޭނާ ރާއްޖެ އައިކަން ކަމާ ބެހޭ ފަރާތްތަކަށް އެނގޭ އިރު ވެސް އޭނާ ހައްޔަރުކޮށްފައި ނުވަނީ އޭނާ ހަނގުރާމައަށް ދިޔަކަން ސާބިތު ކުރެވެން ނެތިގެން ކަމަށް “ވީއެފްޕީ” ގައިބުނެފައި ވެއެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުން މީހާ އެނބުރި ރާއްޖެއަށް އައީ އޭނާއާ އެކު ސީރިއާއަށް ދިޔަ އަނބިމީހާ އާއި ދަރިފުޅުވެސް ގޮވައިގެންނެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރި ވުމަށް ދިވެހި އެތައްބަޔަކު ފުރާފައި ވާއިރު މިހާރު އޭގެތެރެއިން އެއްބަޔަކު ހަނގުރާމަތަކުގައި މިދުނިޔެދޫކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ޓެގު