ލިޔުނީ: މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު ސްކޫލް
މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ސ.އަތޮޅު ސްކޫލާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރި މެޗް 3-3 އިން އެއްވަރު ވެއްޖެއެވެ.
އައްޑޫ ޒޯން ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައިރު ލީޑްގައި އޮތީ ޝަރަފުއްދީން ސްކޫލެވެ. އެއީ އެ ސްކޫލުގެ ޒަކުވާން ކާމިޔާބުކޮށްދިން ގޯލުންނެވެ. ފުރަތަމަ ހާފް ނިމުނު އިރު ސްކޯރ އަކީ 1-0 ކެވެ. ދެވަނަ ހާފް ފެށިގެން ސ.އަތޮޅު ސްކޫލުގެ ރަޔަން ގޯލެއް ޖަހައި އެއްވަރު ކުރިއެވެ. އެފަހުން ދެ ޓީމުންވެސް ކުޅެމުން އައިސް 3-3 ޖެހިއެވެ. ސީނު އަތޮޅު ސްކޫލުގެ 2 ގޯލް ޖަހައި ދިނީ ރަޔަން އެވެ. އަނެއް ގޯލް ޖަހައި ދިނީ ޓީމްގެ ކެޕްޓަން ހަސަން ސަހާފެވެ.
މި މެޗުގައި ސ.އަތޮޅު ސްކޫލުގެ މާހިން އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އަދި ޝަރަފުއްދީން ސްކޫލްގެ ވިއާމް އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ޝަރަފުއްދީން ސްކޫލުގެ ވިއާމް އަށް ރަތް ކާޑު ދައްކާފައިވަނީ ސ.އަތޮޅު ސްކޫލުގެ ކުޅުންތެރިޔާ، މުހަންމަދު ޒާލިފް އަށް ފައުން ކޮށްގެންނެވެ. އަދި ސ.އަތޮޅު ސްކޫލުގެ މާހިން އަށް ރީނދޫ ކާޑު ދައްކާފައިވަނީ ނާއިން އަށް ފައުލްކޮށްގެންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސ.އަތޮޅު ސްކޫލް ޓީމުގެ ކެޕްޓަން ހަސަން ސަހާފް ބުނީ މެޗާ މެދު ހިތްހަމަޖެހޭ ކަމަށާއި މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށެވެ. މީގެ އިތުރުން ޓީމްގެ ކުޅުންތެރިއަކު ބުނީ ދެން މެޗެއްގައި މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.
ސީ.އަތޮޅު ސްކޫލްގެ ޓީމަކީ އައްޑޫގެ އެންމެ މޮޅު ޖޫނިއަރ ކުޅުންތެރިން ހިމެނޭ ޓީމެވެ. ދެން ސ.އަތޮޅު ސްކޫލް ބައްދަލުކުރާނީ ހިތަދޫ ސްކޫލާ އެވެ. އެއީ މިމަހު 20ވަނަ ދުވަހުގައެވެ.