ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީގައި އިނގިރޭސިވިލާތުގެ އާސެނަލާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހުނު އިރު ފްރާންސުގެ އޮލިމްޕިކް ލިޔޯނާއި އޮސްޓްރިއާގެ ސަލްޒްބާ ވާދަކުރަން ޖެހިއްޖެއެވެ.
ސްވިޒަލޭންޑް ނިއޯންގައި ހުންނަ ޔޫއެފާ ހެޑްކުއާޓާސްގައި ކުރިއަށްދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ޔޫރޮޕާ ލީގުގެ ސެމީގައި ވާދަކުރަން ޖެހޭ ޓީމުތަށް ބެލުމަށް ނެގި ގުރުއަތު ނަގައިދީފައިވަނީ މިއަހަރު މުބާރާތުގެ އެމްބެސެޑަރު ކުރިން ބާސެލޯނާ އަދި ފްރާންސް ގައުމީ ޓީމަށް ކުޅެފައިވާ އެރިކް އަބިޑާލްއެވެ.
ވާދަވެރި މުބާރާތެއްގައި ފުރަތަމަ ފަހަރަށް އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާއިރު އާސެނަލް މުބާރާތުގެ ސެމީއަށް ދަތުރު ކުރާއިރު އާސެނަލް މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރު ކުރީ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އެތްލެޓިކޯ ސެމީ އަށް ދިޔައީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި މާސޭ އާއި ސަލްޒްބާގް ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެރޭ މާސޭގެ ދަނޑުގަ އެވެ. އަދި ދެނަވަ ލެގު ސަލްޒްބާގުގައި މޭ 3 ވަނަ ދުވަހު އާސެނަލް އާއި އެތުލެޓިކޯ ކުޅޭ ފުރަތަމަ ލެގު މޭ ތިންވަނަ ދުވަހު އާސެނަލްގެ ދަނޑުގައި ކުޅޭ އިރު ދެވަނަ ލެގު އޮންނާނީ މޭ މަހުގެ 26 ވަނަ ދުވަހު އެތުލެޓިކޯގެ ދަނޑުގައެވެ.