English Edition
Dhivehi Edition

އެޑްވާންސް ވޫންޑުކެއަރ މެނޭޖެމެންޓް ވޯކްޝޮޕެއް އައްޑޫގައި ބާއްވައިފިއެވެ. މި ވޯކްޝޮޕް ބާއްވައިފައިވަނީ ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކެމްޕަހުގައެވެ. މިއީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ. އޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލާއި، އައިއެމްޑީސީއާއި، މަރަދޫ، ފޭދޫ، ހުޅުމީދޫ ސިއްހީ މަރުކަޒުތަކުން މީހުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރަށް ދަމަނަވެއްޓާއި އެއިމްސް ކުލިނިކުންވެސް ބައިވެރިވެފައިވެއެވެ. އެ ހުރިހާތަނަކުން ޖުމްލަ 45 މީހުން ބައިވެރިވިއެވެ. ވޯކްޝޮޕް ބާއްވާފައިވަނީ ޖުލައި 14 އިން 15 އަށެވެ. މި ވޯކްޝޮޕް ފަށްޓަވައި ދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ.